01/09/2026
މި މަރުކަޒުގެ 25 ވަނަ އަހަރީ ދުވަހާ ގުޅުގުވައިގެން މި މަރުކަޒުގެ ޑްރެސިންގް ރޫމް އަދި މެޑިކަލް ސްޓޯރ ޒަމާނީ ފެންފަރަށް ތަރައްޤީ ކުރުމަށް ކުރެވޭ މަަސައްކަތުގެ ތެރެއިން ބަރަކާ ޗެރިޓީ މޯލްޑިވްސް ގެ ދީލަތި އެހީ އާއެކު މި މަރުކަޒުގެ ޑްރެސިންގް ރޫމް އަދި މެޑިކަލް ސްޓޯރ ރޫމްގެ އިންޓީރިއާ އާއި އެތަންތަނަށް ބޭނުންވާ ކަބަޑް ސެޓްތައް ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދެއްވާފައެވެ. ބަރަކާ ޗެރިޓީ މޯލްޑިވްސް ގެ ފަރާތުން މި މަރުކަޒަށް އަބަދުވެސް ވެދެއްވާ އެހީތެރިކަމަށްޓަކައި އެފަރާތްތައް މި މަރުކަޒުގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރުދަންނަވަން.
އަދި މި މަސައްކަތް ކޮށްދެއްވުމުގައި މިނިސްޓްރީ އޮފް ހެލްތުން ވެދެއްވި އެހީތެރިކަމާއި އަދި ހުރާ ދާއިރާގެ އިއްޒަތްތެރި މެމްބަރ ޑރ. އަނާރާ ނައިމް ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ވަރަށް އިހްލާސްތެރި ޝުކުރެއްދަންނަވަން..
Ministry of Health
Barakah Charity Maldives
Anara Naeem