Dharanboodhoo Health Centre

Dharanboodhoo Health Centre F. Dharanboodhoo Health Centre's Official Facebook Handle. Providing Health Care

އައްސަލާމް އަލައިކުމްމި ސިއްޙީމަރުކަޒަށް ހެލްތު ކެއަރ އެޓެންޑެންޓެއް ހޯދުމަށް، 2026 މެއި 10 ވަނަ ދުވަހު ކުރެވުނު އިޢުލާނ...
21/07/2026

އައްސަލާމް އަލައިކުމް
މި ސިއްޙީމަރުކަޒަށް ހެލްތު ކެއަރ އެޓެންޑެންޓެއް ހޯދުމަށް، 2026 މެއި 10 ވަނަ ދުވަހު ކުރެވުނު އިޢުލާނު ބާޠިލްކޮށް އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
އިތުރު މަޢުލޫމާތު:

ހެލްތު ކެއަރ އެޓެންޑެންޓް - ގްރޭޑް 1

އައްސަލާމް އަލައިކުމްމި ސިއްޙީމަރުކަޒަށް އެމްބިއުލޭންސް ޑްރައިވަރެއް ހޯދުމަށް 2026 މެއި 10 ވަނަ ދުވަހު ކުރެވުނު އިޢުލާނު...
19/07/2026

އައްސަލާމް އަލައިކުމް
މި ސިއްޙީމަރުކަޒަށް އެމްބިއުލޭންސް ޑްރައިވަރެއް ހޯދުމަށް 2026 މެއި 10 ވަނަ ދުވަހު ކުރެވުނު އިޢުލާނު ބާޠިލްކޮށް އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

އިތުރު މަޢުލޫމާތު:

އެމްބިއުލޭންސް ޑްރައިވަރު

17/07/2026

ފ. ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ޚިދުމަތަށް 47 އަހަރު ފުރުނު މި މުނާސަބުގައި އެ ކޯޓުގެ ހީވާގި އަދި އެކުވެރި މުވައްޒަފުންނަށް މަރުޙަބާ ދަންނަވަމެވެ. 👏🏼🤝

30/06/2026

މިނިސްޓަރ ‪Geela Ali‬ ، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ފާތިމަތު ސައުދާ އާއި ފ. ދަރަނބޫދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ދަރަނބޫދޫގެ ޞިއްޙީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ރަށުގެ ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ފަރުވާގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

03/06/2026

Find the latest breaking news and information on the top stories, business, entertainment, politics, and more.

މި ސިއްޙީމަރުކަޒު އާއިލާގެ އައު މެމްބަރު، އިބްރާހީމް ޒަޢީމްއަށް މަރުޙަބާ ދެންނެވުން!
17/05/2026

މި ސިއްޙީމަރުކަޒު އާއިލާގެ އައު މެމްބަރު، އިބްރާހީމް ޒަޢީމްއަށް މަރުޙަބާ ދެންނެވުން!

މަރުޙަބާ އިބްރާހީމް ޒަޢީމް! ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ "ޚާއްސަ އެހީ...
17/05/2026

މަރުޙަބާ އިބްރާހީމް ޒަޢީމް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ "ޚާއްސަ އެހީއަށް ބޭނުންވާ، ވަޒީފާ އަދާކުރަން ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ދައުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދިނުން" މި ސިޔާސަތުގެ ދަށުން، މި ސިއްޙީ މަރުކަޒުގެ ހެލްތު ކެއަރ އެޓެންޑެންޓް – ގްރޭޑް 1 ގެ މަޤާމަށް ފ. ދަރަނބޫދޫ، ރީތިގަސްދޮށުގެ، އިބްރާހީމް ޒަޢީމް ވަނީ ހަމަޖެހިފައެވެ.

ޒަޢީމަކީ މި މަރުކަޒަށް ވަރަށް ގިނަ ކަންކަމުގައި ދިގު މުއްދަތަކަށް ހިލޭސާބަހަށް އެހީތެރިކަން ފޯރުކޮށްދީފައިވާ، ހީވާގި ބޭފުޅެކެވެ. އޭނާގެ މި އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، 2022 ވަނަ އަހަރު މި މަރުކަޒުން ވަނީ ޚާއްސަ އެވޯޑެއްވެސް އަރުވާފައެވެ.

ޒަޢީމް މިއަދު އަޅުގަނޑުމެންގެ ރަސްމީ މުވައްޒަފެއްގެ ގޮތުގައި ގުޅުނުކަމީ، މި މަރުކަޒުގެ ހުރިހާ މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތަކަށް މި ފުރުޞަތުގައި ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

ޒަޢީމަށް އުފާވެރި މަސައްކަތުގެ މާޙައުލަކަށް އެދެމެވެ!

Ministry of Health

މި ސިއްޙީމަރުކަޒުގެ މެޑިކަލް ލެބޯޓަރީ ޓެކްނީޝަން މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއްޖެ.އިޢުލާނު ލިންކް: https://ww...
13/05/2026

މި ސިއްޙީމަރުކަޒުގެ މެޑިކަލް ލެބޯޓަރީ ޓެކްނީޝަން މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއްޖެ.
އިޢުލާނު ލިންކް: https://www.gazette.gov.mv/iulaan/393329
އިތުރު މަޢުލޫމާތު: ރަސްމީ ގަޑީގައި 6740688

24/04/2026

Address

Male
12040

Opening Hours

Monday 08:00 - 16:00
Tuesday 08:00 - 16:00
Wednesday 08:00 - 16:00
Thursday 08:00 - 16:00
Friday 20:15 - 21:15
Saturday 20:15 - 21:15
Sunday 08:00 - 16:00

Telephone

+9606740688

Website

Alerts

Be the first to know and let us send you an email when Dharanboodhoo Health Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category