11/09/2026
ބޮޑެތިވެފައިވާ ދަރިންގެ ގައިގައި އަބަދުވެސް ލޯތްބާއެކު ބައްދާލާށެވެ. އެކުދިންގެ ދުނިޔެއަކީ ތިބާ ހީކުރާ ވަރަށްވުރެ މާ ދަތި އުނދަގޫ ތަނެކެވެ. އެހެންކަމުން އެކުދިންނަށް އަޅާލުންދޭށެވެ.
އަހަރެމެން އާންމުކޮށް އެންމެ ހަގަށް ތިބޭ ކުޑަ ދަރިންނާމެދު ކަންބޮޑުވި ނަމަވެސް، ބޮޑެތި ދަރިންނަށްވެސް އަހަރެމެންގެ އެހީތެރިކަމާއި ލޯބި އެވަރަށް، ނުވަތަ އެއަށްވުރެ ބޮޑަށްވެސް ބޭނުންވެއެވެ.
އެކުދިން އުޅެމުންދާ މާޙައުލުގެ ބުރަދަން ދަނީ އިތުރުވަމުންނެވެ. ނަފްސާނީ ގޮތުން ކުރިމަތިވާ ފިއްތުންތައް ގިނަވެ، ބޭރުފުށަށް ހާމަކުރަން ނޭނގޭ އެތައް އިޙްސާސްތަކެއް އެކުދިންގެ ހިތުގައި ފޮރުވިފައިވެއެވެ.
އެހެންކަމުން، އެކުދިންގެ ކުށްތައް އިސްލާޙުކޮށް ނަސޭޙަތް ދިނުމުގެ ކުރިން، ލޯތްބާއެކު ބައްދާލާށެވެ.
އެއަށްފަހު، ނަސޭޙަތްދޭށެވެ.
އެ ބައްދާލުމަކީ މިއަދު އެކުދިންނަށް އޮތް ހަމައެކަނި ރައްކާތެރި މާޙައުލަށް ވެދާނެއެވެ.
ތިބާ އަދިވެސް ތިބާގެ ބޮޑެތި ދަރިންގެ ގައިގައި ބައްދާލާ ހަދަން ހެއްޔެވެ؟ އެކުދިންގެ ބޮލުގައި ލޯތްބާއެކު ފިރުމާލަންހެއްޔެވެ؟ 🤍 މަޞްދަރު : ޕޭރެންޓިން (ބައެއް ބަދަލުތަކާއެކު)