31/05/2026
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ނ.މަގޫދޫގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވާ ފަރާތްތައްދެނެގަނެ އެ ފަރާތްތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް ކޮންމެވެސް އެއް ފަރާތަކަށް ހިތްވަރުދިނުމުގެ ގޮތުން މި ސިއްޙީމަރުކަޒާއި ނ.މަގޫދޫ ކައުންސިލްގެ އިދާރާ ގުޅިގެން ދެވިފައިވާ ހަދިޔާ.
މިއަހަރު މި ހަދިޔާ ދެވިފައިމިވަނީ މުޙައްމަދު އިރުޝާދު އަށެވެ. އިރުޝާދުއަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލިތާ 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތެކެވެ.
މިފަދަ އެންމެހާ ދުވަސްތައް ފާހަގަ ކުރުމަށް ނ.މަގޫދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކުރަމެވެ.
"𝕌𝕟𝕞𝕒𝕤𝕜𝕚𝕟𝕘 𝕥𝕙𝕖 𝕒𝕡𝕡𝕖𝕒𝕝 – 𝕔𝕠𝕦𝕟𝕥𝕖𝕣𝕚𝕟𝕘 𝕟𝕚𝕔𝕠𝕥𝕚𝕟𝕖 𝕒𝕟𝕕 𝕥𝕠𝕓𝕒𝕔𝕔𝕠 𝕒𝕕𝕕𝕚𝕔𝕥𝕚𝕠𝕟"